މޫސުން ގޯސް، ށ އަތޮޅާއި ލ އަތޮޅާ ދެމެދަށް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ށ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ އެ ސަރަހައްދަށް، މިއަދު ފަތިހު 4:30 އިން ހެނދުނު 10:30 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވެއެވެ.
މީޓިއޮރޮލޮޖީން ވަނީ އިއްޔެ ވެސް އެކި އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ