ފީ ނުދައްކާ ބްރޯޑްކާސްޓަރުންގެ ލައިސެންސް ބާތިލު ކުރުމުގެ ކުރިން، އެ ފަރާތްތަކަށް ލުއި ދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)އިން މިއަދު ހަދައިފި އެވެ.
ވީ ކިހިނެއް؟ - ބްރޯޑްކޮމްއިން މިގޮތަށް ހަދާފައި ވަނީ، ބްރޯޑްކާސްޓުކުރުމުގެ ގަވައިދަށް އެ ކޮމިޝަނުން ގެނައި ދެ ވަނަ އިސްލާހުގެ ދަށުންނެވެ. އެ އިސްލާހު މިއަދު ސަރުކާެރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވެ އެވެ.
ތަފްސީލު - ގަވައިދުގެ 15 ވަނަ މާއްދާގެ (ހ)ގެ ދަށުން ބްރޯޑްކާސްޓަރުންގެ ލައިސެންސް ބާތިލު ކުރާނެ ހަތް ހާލަތުން ކުރެ އެއް ހާލަތަކީ، ވިދިވިގެން ދެ އަހަރު އަހަރީ ފީ ދައްކާފައި ނުވުމެވެ. ނަމަވެސް އެގޮތަށް ފީ ނުއްދައްކާ މީހުންނަށް ލުއި ދެވޭ ގޮތަކަށް އެ މާއްދާގައި މީގެ ކުރިން ބަޔާންކޮށްފައި ނުވެ އެވެ.
މިއަދު ކޮމިޝަނުން ގެޒެޓް ކުރި އިސްލާހުގައި އޮތް ހަމައެކަނި ކަމަކީ، އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، އެފަދަ ހާލަތްތަކުގައި ބްރޯޑްކާސްޓަރުންނަށް ލުއި ދިނުން ހުއްދަ ކުރުމަށެވެ. އެގޮތުން އިސްލާހުގައި ބުނީ:
ވިދިގެން ދެ އަހަރު އަހަރީ ފީ ނުއްދަކާ ފަރާތްތަކުން ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހަޅާ ލިޔުންތަކަށް ރިއާޔަތްކުރުމަށް ފަހު، ލުއި ދެވިދާނެ ކަމަށް
އެގޮތަށް ލުއި ދޭއިރު ބަލަން ޖެހެނީ، މާލިއްޔަތު ގަވައިދުގެ ދަށުން ހަދާފައިވާ އުސޫލަކަށް
އެ އުސޫލަކީ، 'ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި މަންފާ ހޯދައިދިނުމާއި ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު' ކަމަށް ބަޔާންކޮށްފައިވޭ
އެ އުސޫލާ އެއްގޮތަށް ލުއި ދެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާއިރު، ފީނުއްދާކާ މީހުންނަށް ލުއި ދެވޭނެ މިންވަރެއް ނުވަތަ އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހިމަނާފައި ނުވެ އެވެ.
ފީ ނުއްދަކާ ބްރޯޑްކާސްޓަރުންގެ ލައިސެންސް ބާތިލުކުރުމުގެ ކުރިން ލުއި ދެވޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ