އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ހ. ޑައިމަންޑްވިލާ، އަހްމަދު އަކްރަމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކުރަމް އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދީފައި ވަނީ 53 މެމްބަރުންގެ ވޯޓުން ނެވެ.
އަކުރަމަށް ރުހުންދޭން މަޖިލީހުން ފާސްކުރި އިރު އޭނާގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ވެސް ވަނީ އަކުރަމަށް ރުހުން ދޭން ނިންމާފައި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން އަކްރަމްގެ ނަން ދިރާސާ ކުރުމަށް ފަހު ކޮމިޓީ އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އަކުރަމަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއްތޯ ކަށަވަރު ކުރުމަށް ޓަކައި ފަސް މުއައްސަސާއަކުން ލިޔުން ހޯދާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ލިޔުން ހޯދާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އަކުރަމްއާ އިންޓަވިއުކުރުމަށް ފަހު ކޮމިޓީގައި ތިއްބެވި މެމްބަރުން އޭނާ އަށް 91 އިންސައްތަ މާކުސް ދީފައިވާ ކަމަށެވެ.
އޭނާ އަކީ މީގެކުރިން އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.
މިއަދުގެ މަޖިލީހުގައި ޕާކިސްތާނަށް ދިވެހި ސަރުކާރުން ކަނޑައެޅުއްވި ސަފީރު އަހުމަދު ސަލީމަށް ވެސް ވަނީ ރުހުންދީފަ އެވެ. އޭނާ އެ މަގާމަށް ހަމަޖައްސަން ފެންނަ ކަމަށް 53 މެމްބަރުން ވޯޓު ދެއްވި އެވެ.
އީސީގެ މެމްބަރު ކަމަށް އަކުރަމް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ