ރާއްޖޭގައި ދީނީ މިނިވަންކަން ހޯދަން އުޅެނީ އެކަމަށް ތަރުޙީބުދޭ ދިވެހި ބައެއްގެ އެހީގައި – އުމަރު

ރާއްޖޭގައި ދީނީ މިނިވަންކަން ހޯދަން އުޅެނީ އެކަމަށް ތަރުޙީބުދޭ ދިވެހި ބައެއްގެ އެހީގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން އެކިގޮތްގޮތުން އެހީވެދީގެން، މި ގައުމަށް އެހެން ދީންތައް ވައްދައި ބަނގުރަލާއި އަފިހުނާއި ޑިސްކޯގެ ނައިޓް ކްލަބްތައް ހުއްދަކޮށް، ދިވެހި ގައުމު އިސްލާމްދީނުން ބޭރުކުރުމުގެ މަސައްކަތަކީ ކޮންމެ ދިވެއްސަކު ސަމާލުވާންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވެފައިވަނީ، މުސްލިމަކަށް ނޫނަސް ދިވެހި ރައްޔިތަކަށް ވެވެންޖެހޭނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަނުން ފާސްކުރި ރިޕޯޓް ކުށްވެރި ކުރައްވައި އުމަރުގެ ވައިބާ ޕަބްލިކް ޗެޓްގައި އާންމު ކުރެއްވި ބަޔާނެއްގައެވެ.
މި ބަޔާނުގައި އުމަރު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރަށް ބަޔަކު އޮތް ނަފްރަތުގެ ތެރެއިން ރާއްޖެއަށް ދީންތައް ވެއްދުމަށް އިޔޫއިން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ޒަމާންވީ މަސައްކަތެއް ކަމަށާއި، އެހެން ކަމުން އެކަމަށް ކޮންމެ ދިވެހި ފަރުދަކު ވެސް ވަރަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އެކަމާއި ގުޅިގެން ފާޑު ކިޔުންތައް ޜާއްޖެއަށް އަމާޒު ކުރަމުން އަންނަ ޤައުމުތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުާވެފައިވަނީ، މަރުގެ އަދަބު ނުދިނުމަށް ގޮވާލާ ގައުމުތަކަކީ އެ ބައެއްގެ ބޮން އަޅާ ޖެޓްތަކުން ކުށެއް ނެތް އެތައް މުސްލިމެއްގެ ފުރާނަ ދުއްވާލާ ޝަރީޢަތާ ނުލާ އެމީހުންނަށް މަރުގެ އަދަބު ދެމުންދާ ބައެއް ކަމަށެވެ.
ރާއްޖެއަށް އެހެން ދީންތަކާއި ފިކުރުތައް ވެއްދުމަށް އެތެރެއިންނާއި ބޭރުން ކުރެވޭ ހުރިހާ މަސައްކަތަށް ހުރަސް އެޅުންމަތީ ދިވެހީން ދެމިތިބޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ