ހޮޅުދޫ ދާއިރާގެ މެމްބަރު އަލިބެ ޕީޕީއެމް އަށް ސޮއިކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވަނީ ރިޔާސަތުން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އޭނާ ޕީޕީއެމަށް ސޮއި ކުރެއްވީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެ އެވެ.އޭނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރްޕީގެ ޓިކެޓުގައި އިންތިޚާބުވި އަލީ މުހައްމަދު އެމްޑީޕީ އަށް ސޮއިކުރެއްވީ މިދިޔަ އަހަރު އެވެ.އޭނާ ޕީޕީއެމް އަށް ސޮއިކުރެއްވުމާ އެކު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި 41 މެމްބަރުން ހިމެނިވަޑައިގަންނަވާނެ އެވެ. އަދި ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގައި ފަސް މެމްބަރުން އެބަތިއްބެވި އެވެ. އިދިކޮޅު އެމްޑީޕީގައި މިހާރު ތިއްބަވާނީ 24 މެމްބަރުންނެވެ. އަލީ މުހައްމަދަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި 26 މެމްބަރުންގެ ތެރެއިން ޕީޕީއެމް އަށް ސޮއިކުރެއްވި ދެވަނަ ބޭފުޅާ އެވެ. އެންމެ ފުރަތަމަ ޕީޕީއެމް އަށް ސޮއިކުރެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ