ޖުމްހޫރީޕާޓީގެ ވެރިކަމެއްގައި ހއ. އަތޮޅު އިހަވަންދޫ ކައިރީގައި އޮންނަ ދިގުފަރުގައި ބައިނަލްއަގުވާމީ ޑޮކް ޔާޑެއް ގާއިމުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވައުދުވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީން ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖެ ހުރަސްކޮށް އިރުމައްޗަށާއި ހުޅަނގަށް ވަރަށްގިނަ ބޯޓު ފަހަރު ދަތުރުކުރަމުންދާތީ ރާއްޖޭގައި މިފަދަ ޑޮކްޔާޑެއް އޮތުން ވަރަށް މުހިންމުކަމަށެވެ.
އަދި އެފަދަ ތަނެއް ހަދައިގެން ރާއްޖެއަށް އިގްތިސޯދީ ގޮތުން ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކްޔާޑަށް އިންވެސްޓްކުރާ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރައްވާއިރު އެތަނުން މަދުވެގެން 50 އިންސައްތަ ދިވެހިންނަށް ވަޒީފާ ދޭންޖެހޭ ގޮތަށް ހިމަނުއްވާނެ ކަމަށެވެ. އެހެންކަމުން ޑޮކް ޔާޑުން ތިންހާހެއްހާ މީހުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލައިގެން ތަރައްގީކުރަން ހިޔާލުކޮށްފައިވާ ޑޮކް ޔާޑް ކުއްޔަށް ދޭނީ 99 އަހަރަށް ކަމަށާއި އެތަނުން 25 އަހަރު ވަންދެން އިންކަމް ޓެކްސް ނުނަގާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ހއ. ދިގުފަރުގައި ޑޮކްޔާޑެއް ހެދުމާއި، ހއ. ހުވަހަންދޫގައި އެއާޕޯޓެއް ހެދުމަށް އޭނާގެ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޕްލޭންތަކެއް ކުރެވިފައިވާކަން ރޭ ގާސިމް ވަނީ ހާމަކުރައްވާފައެވެ.
ގާސިމް ވިދާޅުވީ މިޔާޑުގައި ބޯޓުފަހަރު ބަނުމާއި، މަރާމާތް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެތަނުން އެންމެ ބޮޑެތި ބޯޓުފަހަރަށްވެސް ކަމަށާއި އެތަނަކީ ސުޕަ ޓޭންކް ފަހަރަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް ވާނެ ކަމަށް ވެސް ވިލާ ގްރޫޕްގެ ޗެއާމަން ކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ދިގުފަރުގައި ބައިނަލްއަގުވާމީ ޑޮކް ޔާޑެއް ގާއިމުކުރާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ