"އުޖާލާ މުސްތަގްބަލަކަށް- އުއްމީދީ ޒުވާނުން" އެފްވައިސީ އާއިލީ ހަވީރު މާދަމާ!

ޒުވާނުންގެ ދުވަހާއި ގުޅިގެން "އުޖާލާ މުސްތަގްބަލަކަށް، އުއްމީދީ ޒުވާނުން" ނަމުގައި ހާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ) އިން ނިންމައިފިއެވެ.
އެފްވައިސީގެ އިސް އޮފިޝަލަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ މި ހަރަކާތަކީ ޒުވާނުންގެ ދުވަހާއި ދިމާކޮށް ގަމުގެ ޔޫތު ސެންޓަރާއި ގުޅިގެން ފޭދޫގެ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ.
އެގޮތުން ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތީ ފަސްގަޑުގައި ބާއްވާ މި އާއިލީ ހަވީރަށް ފޭދޫގެ ވީހާ ވެސް ގިނަ އާއިލާތަކުން ޒިޔާރަތް ކުރުމަށް އެފްވައިސީއިން އެދެއެވެ.
މާދަމާގެ ހަރަކާތުގައި އުމުރުން ދުވަސްވީ މީހުންނަށް ތަފާތު އެކި ބަލިތަކަށް ޓެސްޓް ހެދުމުގެ އިތުރުން ތަފާތު ބަލިތަކާ ބެހޭ މައުލޫމާތު ދިނުންވެސް ހިމެނެއެވެ
އަދި ލޭގެ ޕްރެޝަރު ބެލުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެފްވައިސީން ބުނެއެވެ.
އެފްވައިސީން ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ މަޝްހޫރު ދާޢީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ގެނެސްގެން ފޭދޫގެ ޒުވާނުންގެ މެދުގައި އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ ރީތި ސިފަ އަށަގެންނެވުމަށް ހާއްސަ ދަރުސެއް ފޭދޫ ސްކޫލްގައިވެސް ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ