ހދ އަތޮޅުގެ ކައުންސިލް މެމްބަރަކު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް – މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

ހދ އަތޮޅު ކައުންސިލްގައި ހަނިމާދޫ ތަމްސީލް ކުރައްވާ މެމްބަރު އާދަމް ނާސިރު، ކައުންސިލް މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އާދަމް ނާސިރަކީ ކުރިން އެ ކައުންސިލްގެ ރައީސްވެސް މެ އެވެ. ކައުންސިލްގެ ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު އެވެ.
ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވަމުން ނާސިރު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމަށް އޭނާ މިހާރު ހަމަޖައްސާފައި ވާކަމަށެވެ.
އަތޮޅު ކައުންސިލް މެމްބަރު ކަމަށް ނާސިރު ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ޓިކެޓްގަ އެވެ. ނަމަވެސް މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއެމް އާއި ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ