ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ ރާއްޖެއިން މުޅި ޖުމްލަ 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ތިން މީހަކު މީގެކުރިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިތުރު ދެ މީހަކު މިއަދު އެ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން މުޅި ޖުމްލަ ރާއްޖެއިން ކޮވިޑް19 އަށް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މިވަނީ ރަނގަޅުވެފައެވެ.
ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މިހާތަނަށް ކޮވިޑް19 އާ ގުޅިގެން 673 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 660 ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި 496 މީހަކު އެބަތިބި ކަމަށެވެ.
ރާއްޖެ އިން ކޮވިޑަށް ފަރުވާދިން އިތުރު ދެ މީހަކު ރަނގަޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ