ސައިކަލް ޕޮކެޓެއްގައި އޮތް ޕާހެއް ފޭރުނު މީހަކު ހޯދާ ހައްޔަރުކޮށްފި

ސައިކަލް ޕޮކެޓެއްގައި އޮތް ޕާހެއް ފޭރުނު މީހަކު ހޯދާ، ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހު 27 ވަނަ ދުވަހު ސައިކަލް އެއްގައި ދިޔަ މީހެއްހެ ސައިކަލެއްގެ ޕޮކެޓުގައި އޮތް ޕާހެއް ފޭރުމުގެ މައްސަލައިގައި، އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށް އެޕާހުގައި އޮތް ފޯނު ހޯދާ، އޭގެ ވެރިފަރާތަށް މިއަދު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖެއް ބަލައިގެން ފުލުހުން ކުރި މަސައްކަތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.27 July 2019 vana dhuvahu cycle ehgai dhiya meehehge cycle pocket ga oiy purse feyrunu massalaigai, CCTV footage balaigen fuluhun kuri masakkathun, 32 aharuge Dhivehi firiheneh hayyarukoh e purse ga oiy phone iyye hoadha, eyge verifaraathah miadhu havaalu kurevifaivey. #GID #ISO pic.twitter.com/UmcglVvubD— Maldives Police (@PoliceMv) August 29, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ