ވެރިކަމުގެ ފުރަތަމަ 100 ދުވަސް ކާމިޔާބު ކަމާއެކު ނިންމަވައިލެއްވުމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ކާމިޔާބުކަމާއެކު ނިންމަވައިލެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން ކުރިއަށް އޮތްތާގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް މައުމޫން ވަނީ ރައީސް ސޯލިހުގެ އިހުލާސްތެރި، ތެދުވެރި އަދި ބުރަ މަސައްކަތުން އެތައް ބައެއްގެ ރުހުން ހޯއްދަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރު ހިންގެވުމާ ރައީސް ސޯލިހު ހަވާލުވެވަޑައިގަތްފަހުން 100 ދުވަސް ގުނާފައިވަނީ ސަރުކާރު ބަންދު ދުވަސްތައް ނުލައެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަސް ކާމިޔާބުކަމާއެކު ނިންމާލުމުން ރައީސް ސޯލިހަށް މައުމޫން މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ