ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ތަހަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރަން ފާސްކުރައްވާފައިވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ގޮތުގައި، ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރައްޗާފައިވަނީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 74 މެންބަރުންގެ އިއްތިފާގުންނެވެ.
އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުން ނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި 2014 ވަނަ އަހަރު ކޯޓުތަކަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދު ވަނީ ފަހަކަށް ބަދަލުކުރައްވާފަ އެވެ.
ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާއަށް ގެންނަން ފާސްކުރި މި އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަން ކުރެވޭ ހަ ފަނޑިޔާރުންނާއެކު ހަތް ފަނޑިޔާރުންގެ މައްޗަށް ކަމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ