ލޯޑު ބޮޑުވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ - ސްޓެލްކޯ

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން، ކަރަންޓުގެ ލޯޑު ބޮޑުވެ، މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމަށް ސްޓެކްކޯއިން ވިދާޅުވެއްޖެ އެވެ.
މިކަމާއި ގުޅޭގޮތުން އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ކަރަންޓުގެ ލޯޑު ބޮޑުވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުނު ކަމުގައިވިޔަސް، އެއް ގަޑިއިރު ތެރޭގައި އެ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށާއި، ގިނައިން ކަރަންޓު ބޭނުންވާ ޒާތުގެ އެއްޗެހި ވީހާވެސް މަދުން، މި ދުވަސްވަރު ބޭނުންކުރެއްވުމަށް އިލްތިމާޞްކުރާ ކަމަށެވެ.
މާލޭގެ އިތުރުން ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ވަރަށް ބޮޑެވެ.
އެގޮތުން ފާއިތުވި ހަފްތާއެއް ތެރޭގައި ވެސް ތިން ރަށަކުން ގިނަ އިރުތަކަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ