ރޯދަމަހަށް ހާއްސަކޮށް "ހެޔޮކަމާއި ތަގުވާގެ މައްސަރު" ގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޮތެއް ނެރުއްވައިފިއެވެ.
މި ފޮތް ޝާއިއު ކޮށްފައިވަނީ ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުކުރަން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. މި ފޮތުގެ އަގަގީ 50 ރުފިޔާއެވެ. "މި ފޮތަކީ ރަމަޟާން މަހާއި އެމަހުގެ ރޯދައާއި އަދި އެކަން އެކަމާއި ގުޅިފައިވާ ބައެއް މުހިންމު ކަންކަމާއި ބެހޭ އަސާސީ މައުލޫމާތު އެއްފޮތަކުން ލިބެން ހުންނަ ގޮތަށް މައުމޫން ފައުންޑޭޝަނުން ތައްޔާރު ކުރި ފޮތެއް،" ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެއެވެ. މި ފޮތުގައި ރޯދަމަހުގެ މާތްކަމާއި ބެހޭގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ޝާއިރުން ހައްދަވާފައިވާ ޅެންތަކެއް ވެސް ހިމެނިފައިވެ އެވެ.
ރޯދަަމަހަށް ހާއްސަކޮށް ރައީސް މައުމޫން ފޮތެއް ނެރުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ