އެމްޑީޕީ އަށް ސްޕަ މެޖޯރިޓީ ދިނުމުގެ ހިތި ފެންނާނެ - އުމަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ސްޕަ މެޖީރިޓީ ދިނުމުގެ ހިތި ފެންނާނެ ކަމަށް އަބަދުވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑު އުފުއްލަވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަކާ ނުލައި "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމުން ކަމަށާއި މިފެނުނީ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަތީޖާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ފެށުނީއްސުރެން އޭނާ ޕްރައިމަރީ ބާއްވަން ވަކާލާތު ކުރައްވަނީ މިފަދަ ކަންކަމާހެދި ކަމަށެވެ. "ޑީއާރުޕީގައި އަޅުގަނޑު ހުރިއިރުން ފެށިގެން ޕްރައިމަރީ ބާއްވަން ވަކާލާތު ކުރީ މިހެންވެދާނެތީ. އަދި ކިރިޔާ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަޖީއާ ކުރިމަތިލާން މިޖެހުނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ގާތްގަނޑަކަށް އެއްލައްކަ ދިހަހާސް ވޯޓު މިފަހަރު ވެސް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެވޯޓުވަނީ ދިހަ ބަޔަށް ބެހިގެން ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައިވަނީ މިހާތަނަށް ބެލިބެލުމުން ގާތްގަޑަކަށް ހަތްދިހަ ހަ ހާސް ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިދިކޮޅު ފަޅި އިންތިޒާމް ކޮށްފައި ޕްރައިމަރީއެއް ބާއްވާފައި ސިންގަލް ކެންޑިޑޭޓުން ނެރެ އެމްޑީޕީއާ ވާދަ ކުރިނަމަ އެޕާޓީއަށް ނުލިބޭނެ ރާއްޖޭގެ ވިހި ޕަސެންޓުވެސް،" ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގައި ޕްރައިމަރީއަށް ދޫދިނުމުގެ ވިސްމެއް ހުރި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އިން ސްޕަ މެޖީރިޓީ އަށް ވުރެ ވެސް އިތުރަށް ވަނީ ގޮނޑި ކަށަވަރު ކޮށްފައެވެ. މަޖިލީހުގެ ސްޕަ މެޖޯރިޓީ އަކީ 58 އެވެ. ނަމަވެސް އެމްޑީޕީން ވަނީ 68 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ޤާނޫނު އަސާސީ ބަދަލު ކުރުމާއި ފަނޑިޔާރުން މަގާމުން ދުރުކުރަން މިހާރު އެމްޑީޕީ އަށް އެއްވެސް ހުރަހެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ