އެމްޑަބްލިއުއެސްސީގެ ކަރަންޓް ކޭބަލެއް ބުރިކޮށްލި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ގދ. ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ސްކޫލް ކައިރީގައި އެމްޑަބްލިއުއެސްސީ އިން ބާއްވާފައި އޮތް ބޮޑު ކަރަންޓް ކޭބަލެއް ބުރިކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް އެއަތޮޅު ވާދޫ ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނީ އެމްޑަބްލިއުއެސްސީގެ ކަރަންޓް ކޭބަލް ބުރިކޮށްލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 23:00 އެހައިކަންހާއިރު ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ އަލީގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 34 އަހަރާއި 36 އަހަރާއި 42 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހައްޔަރުކުރީ އިއްޔެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ