ރައީސް ސޯލިހުގެ ރުހުމާއި ލޯބި މެމްބަރު އަމީތަށް އެބައޮތް – ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރުހުމާއި ލޯބި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޖޭ.ޕީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު އަމީތަށް އެބައޮތްކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
 
އަމީތަށް ކެމްޕެއިން ކުރުމަށް ރޭ މީދޫގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން އަމީތުއަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ، ޖައްބާރު ވެރިކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ނިކުތް ޒުވާނަކީ އަމީތުކަމަށާއި މި ބަދަލު ރާއްޖެއަށް އައިސް މިއޮތީ އަމީތުގެ އިސްނެންގެވުމުގެ ސަބަބުންކަމަށެވެ. އެގޮތުން ގޮނޑި ގެއްލުނުކަމަށް ކުރިން ނިންމި 12 މެމްބަރުންގެ އިސް މީހަކީ އަމީތުކަމަށާއި ކޮންމެ ހާލެއްތަގައިވެސް އަމީތު ހުންނެވިކަމަށް ވިދާޅުވިއެވެ.
 
ހަމައެއާއިއެކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރާއި ލޯބި ލިބިފައިވާ މެމްބަރަކީވެސް އަމީތުކަމަށާއި އެހެންކަމުން އަމީތުއަށް މި ގޮނޑި ހޯދަދޭންޖެހޭނެކަމަށް ސަމީރު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ހެލްތް މިނިސްޓަރު އަމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
 
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ރާއްޖޭގެ އެއްވެސް ހިސާބެއްގައި މީދޫ މަޑުއްވަރީ ގައި ހިންގި ވަރަށް މަޝްރޫޢުތައް ހިންގި ރަށެއް ނެތްކަމަށާއި އެހެންކަމުން ދާއިރާގެ ތަރައްޤީއަށް ވިސްނަވާފައ ވޯޓުލެއްވުމަށް އެދޭކަމަށެވެ. މީގެ އިތުރުން މި ކެމްޕެއިންގައި ސަރުކާރުގެ އިސްވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ދާއިރާއަކީ މަޑުއްވަރީ ދާއިރާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. 
މި ޖަލްސާގައި މެމްބަރު އަމީތުވެސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަމީތު ވިދާޅުވީ، ހޮސްޕިޓަލް ފަދަ ތަރައްޤީގެ މަޝްރޫޢުތައް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާނީ ކާކަށް ވޯޓުދީގެންކަން މީދޫގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިލައްވާނެކަމަށާއި މަޑުއްވަރީ ރައްޔިތުންވެސް އިސް ކުރަންވީ ސްޕީޑުގައި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުންކަމަށެވެ.
 
އެގޮތުން އޭރުގައިވެސް ގެނެސްދިނީ ސަރުކާރު ވުޒާރާތަކާއި ރައީސްއާއި ބައްދަލުކޮށްގެން ގެނެސްދިން ތަރައްޤީކަމަށާއި މިފަހަރުވެސް ކުރާނީ ހަމަ އެ މަސައްކަތްކަމަށް އަމީތު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ