ވަގަށް ނަގާފައިވާ ކަރަންޓް ސާމާނު ތަކަކާއިއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ކަރަންޓް ސާމާނު ތަކަކާއިއެކު 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ދިޔަ ޓެކްސީއެއް ޓްރެފިކް ލައިޓެއްގައި ޖެހިފައި ވަނިކޮށް އޭގެ ޑިކީގައި ކުރި ފޮށިގަނޑެއްގެ ތެރެއިން ކަރަންޓު ސާމާނުތައް ފެނިފައިވާ ކަމުގައެވެ.
މިމައްސަލާގައި އޭނާ ހައްޔަރުކޮށް 10 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް އެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ބަލަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ކާރުން އަތުލައިގަތް ސަމާނުތަކުގެ ތެރޭގައި އަގުބޮޑު ކަރަންޓް ކީހާއި ކަރަންޓް ރޮންދާއާއި ކަރަންޓް ބުރުމާއާއި ގްރޭންޑަރުފަދަ ތަކެތި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ