ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބުދަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާ އަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެ ދާއިރާގެ ޕްރައިމަރީ އަންނަ ބުދަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ކާށިދޫ ދާއިރާގެ ޓިކެޓް ކަށަވަރުވި އެ ދާއިރާގެ މިހާރު ވެސް މެމްބަރު އަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ބާތިލްކޮށް، އަލުން ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވީ މިއަދަށެވެ. އެ ދާއިރާ އަށް ކުރިން ޖާބިރު އެކަނި ކުރިމަތިލެއްވި ނަމަވެސް އޭނާގެ އިތުރުން ގ. ދުވާފަރު، އައިޝަތު މަމްދޫހާ ވަނީ ކުރިމަތިލައްވައިފަ އެވެ.
އެމްޑީޕީން ބުނިގޮތުގައި އެ ދާއިރާގެ ޕްރައިމަރީ ބާއްވާނީ ބުދަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.
އެ ދާއިރާ އަށް ޖާބިރުގެ ޓިކެޓް ބާތިލްކުރީ އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފަށް ވޯޓު މަޖިލީހުގައި ވޯޓު ދިން މައްސަލައިގަ އެވެ. އެކަމަކު އޭނާގެ ޓިކެޓް ބާތިލްކުރީ އަލުން ހުޅުވާލުމުން ކުރިމަތިލެއްވޭ ގޮތަށެވެ.
ކާށިދޫ ދާއިރާ ފިޔަވައި ޕްރައިމަރީ ކާމިޔާބުކޮށް، އެމްޑީޕީން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުން އެ ޕާޓީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ