"ހަވީރު"ގެ ނޫސްވެރިޔާ އަދްޝަން ދޫކޮށްލައިފި

އައްޑޫގައި ހުންނަ "ހަވީރު" ގެ ނޫސްވެރިޔާ އަހްމަދު އަދުޝަން ފަސް ގަޑިއިރު ފުލުހުންގެ ބަންދުގައި ބަހެއްޓުމަށް ފަހު މިރޭ ދޫކޮށްލައިފި އެވެ. މިއަދު ހަވީރު 3:00 ހާއިރު ހައްޔަރުކުރި އަދްޝަން ދޫކޮށްލީ މިރޭ 8:00 ހާއިރު އެވެ. އަދްޝަަން ބުނި ގޮތުގައި އޭނާ ދޫކޮށްލީ "ބަންދުގައި ބަހައްޓައިގެން ތަހްގީގުކުރަން ޖެހޭ ވަރުކަމެއް ނެތުމުން" ކަމަށެވެ. އޭނާ ހައްޔަރުކުރީ ފޭދޫ ބަނދަރުމަތީގައި ފުލުހުން ބަޔަކު ޗެކްކުރަމުން ދިޔަ މަންޒަރު ފޮޓޯ ނެގުމުންނެވެ. ނަމަވެސް ފުލުހުން ބުނީ އަދްޝަން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅުމުން ކަމަށެވެ. އަދި އޭނާ ޓްރެފިކްގެ ގަވާއިދާ ހިލާފުވި ކަމަށް ވެސް ފުލުހުން ވަނީ ތުހްމަތުކޮށްފަ އެވެ. އެހެން ނަމަވެސް އަދުޝަންގެ ގާތް މީހަކު "ހަވީރަ"ށް ބުނީ އޭނާ ހައްޔަރުކުރީ، ފޭދޫ ބަނދަރުމަތީގައި ފުލުހުން ބަޔަކު ޗެކްކުރަމުން ދަނިކޮށް ފޮޓޯ ނެގުމުން ކަމަށެވެ. "އެއީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބައެއް ނޫން. އެ މީހުން ޗެކްކުރަމުން
ދަނިކޮށް އަދުޝަން ގޮސް ފޮޓޯ ނެގުމުން، އެ މީހުން އައިސް އަދުޝަން ކައިރީ
ބުނީ މީ ފުލުހުންނޭ ފޮޓޯ ނުނެގޭނޭ. އެ މީހުން ފުލުހުންގެ ޓެގެއް އަދި
ނަމެއް ވެސް ނެތް. އެހެންވެ އަދުޝަން އެދުނީ ފުލުހުންގެ ކާޑު ދެއްކުމަށް.
އެ މީހުން ބުނީ އަދުޝަންގެ ކާޑު ދެއްކުމަށް. އެ މީހުންގެ ކާޑު
ނުދެއްކުމުން، އަދުޝަން ވެސް ކާޑު ނުދެއްކި،" ފޭދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ