މައުމޫން އައްޔަންކުރައްވާ މެމްބަރުންގެ ގޮތުގައި އަބްދުއްރަހީމާއި އިތުރު ދެ މެމްބަރަކު ކައުންސިލަށް

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރައްވާ ތިން މެމްބަރުންގެ ގޮތުގައި އެ ޕާޓީގެ ކައުންސިލަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ދެ މެމްބަރަކު ރޭ އިންތިހާބުކޮށްފި އެވެ.
ޕީޕީއެމުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އަބްދުއްރަހީމްގެ އިތުރުން ކައުންސިލަށް އިންތިހާބުކޮށްފައި ވަނީ ކޮންގްރެސްގައި ޒުވާނުންގެ ރައީސްކަމަށް ކުރިމަތިލެއްވި ޒާހިދު ރަމީޒާއި އާތިފާ ޝަކޫރެވެ. އެ ތިން މެމްބަރުން ވެސް ހޮވާފައި ވަނީ ކައުންސިލް ބައްދަލުވުމުގައި މެމްބަރުންގެ ވޯޓަކުން ކަމަށް ޕީޕީއެމުން ބުންޏެވެ.
ކޮންގްރެސްގައި އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދުގައިވާ ގޮތުގައި ކައުންސިލަށް ތިން މެމްބަރަކު އައްޔަންކުރުމުގެ އިހްތިޔާރު ޕީޕީއެމްގެ ރައީސަށް ލިބިދެ އެވެ.
ޕީޕީއެމްގެ ނިމިގެން ދިޔަ ވާދަވެރި ކޮންގްރެސްގައި އަބްދުއްރަހީމް އެ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވި އެވެ. އެކަމަކު ޕާޓީގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައި ވަނީ އަބްދުﷲ ޔާމީންގެ "ޔަގީން ޓީމުން" ވާދަކުރެއްވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރުގެ ޓީމުން ވާދަކުރެއްވި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ