ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރައްވައިފި

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އަމީޒާ، ކޯޒީރައުންޑު/ގދ. ގައްދޫ މީގެ ކުރިން ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގަ އެވެ. އޭނާ ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާ އެވެ.
ތަފްސީލް - އަމީޒާ ވަނީ 16 އަހަރަށް ވުރެ ދިގު މުއްދަތަކަށް މީރާގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން:
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ޓެކްސްގެ ސިޔާސަތުތައް އިސްލާހު ކުރެއްވި
މީރާގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރައްވާ، އާމްދަނީީ އިތުރުކުރުމަށް މަސައްކަތްތައް ކުރެއްވި
މީރާގެ އެންފޯސްމެންޓު ޑިވިޝަންގެ ހެޑުގެ ހައުސިއްޔަތުން ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާ އެކު ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް ކުރެއްވި
އަމީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ