ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
ގާސިމް އިބްރާހިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ގާސިމް އިބްރާހިމްގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ޝަރީއަތަށްފަހު ހައިކޯޓުން ނިކުމެވަޑައިގެން ގާސިމްގެ ވަކީލުން ވިދާޅުވީ ހައިކޯޓުގެ ނިންމުން ސްޕްރީމްކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
ގާސިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި މައްސަލަ އިސްތިއުނާފު ކުރުމުން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައިވަނީ އަޑު އެހުންތައް ނިންމާލާފައެވެ. ގާސިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
ގާސިމް ބަންދު ކުރި މައްސަލަ ގާނޫނީ ވަކީލުންވަނީ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ގޭގައި ހުންނަވަނިކޮށް ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވަނީ ވެސް ރިޝްވަތު ދިނުމުގެ ތުހުމަތުގައެވެ.
ގާސިމް ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ