ކުޑަކުދިންގެ ހިޔާގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ކޯލުތަކަށް ސަމާލުވޭ!

ކުޑަކުދންގެ ހިޔާގެ ނަމުގައި ފައިސާ ހޯދުމަށް ފޯނު ކޯލުތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެެވެ.
މި ކޯލުތައް ކުރަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ކުއިޒެއް ކަމަށް ބުނެއެވެ.
އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާ އާއި މިނިސްޓްރީގެ ނަމުގައި ފޯނު ކޯލުތަކެއް ކުރާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، ފަންޑް ރެއިސިންގ އެއްވެސް ހަރަކާތެއްގައި، ކުޑަކުދިންގެ ހިޔާގެ ފަރާތުން އެއްވެސް ފަރާތަކަށް ފޯނު ނުކުރާނެކަމަށެވެ.
މި ކޯލުތައް ކުރާ މީހުން ބުނަނީ ސުވާލު މުބާރާތަކަށް ހޮވިފައިވާ ކަމަށާއި، އެ މުބާރާތުން ލިބޭ ފައިސާ ހަދިޔާ ކުރާނީ ކުޑަކުދިންގެ ހިޔާ އަށް ކަމަށެވެ.
ތަފާތު މުވައްސަސާ ތަކުގެ ނަމުގައި އާންމުންނަށް ގުޅައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ