އިދިކޮޅު އިއްތިހާދާ ގުޅޭ މަޝްވަރާތަށް ކުރިޔަށް ގެންދިޔުމަށްޓަކައި އިތުބާރެއްގެ ގޮތުން 100،000 ޑޮލަރު ހޯދުމަށް ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް ދަންނަވާފައި ކަމަށާއި، އަދި ރައީސް ނަޝީދު އޭގެ ތެރެއިން 50،000 ޑޮލަރު ރައީސް މައުމޫނަށް ދެއްވާފައިވާ ކަން އެނގިފައިވާ ކަމަށް އަލްޖަޒީރާއިން މިއަދު ބުނެފައިވާތީ ރައީސް މައުމޫން އެކަން ދޮގުކުރައްވައިފިއެވެ.
އަލްޖަޒީރާއިން ނެރުނު ސްޓީލިންގ ޕެރަޑައިސް އާ މުޅިން ވަކިން ވިލް ޖޯޑަން މިއަދު ލިޔެ ޝާއިޢުކުރި ލިޔުމެއްގައި ރައީސް މައުމޫނަށް ރައީސް ނަޝީދު ބައިލައްކަ ޑޮލަރު ދެއްވިކަމަށާއި އެހެން ނަމަވެސް ރައީސް ނަޝީދު އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށް ލިޔުއްވާފައިވެއެވެ. އިތުރަށް އޭނާ ބުނެފައިވަނީ، ރައީސް މައުމޫންގެ ފަރާތުން އެ މައްސަލައާ ބެހޭގޮތުން އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް، މިރޭ ރައީސް މައުމޫނު ވަނީ އެފަދަ އެއްވެސް ފައިސާއެއް ހޯދުމަށް އެދިލައްވާފައި ނުވާނެ ކަމަށާއި އެފަދަ ފައިސާއެއްގައި ހިއްޕަވާފައިވެސް ނުވާނެ ކަމަށް ވިދާޅުވެ، ޓްވީޓް ކުރައްވާފައެވެ.
އަލްޖަޒީރާއަށް ރައީސް މައުމޫން ރައްދުދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ