ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ނަމުގައި ފޭކް ފޯނުކޯލްތަކެއް ކޮށް، ފައިސާ ފޮނުވުމަށް ބަޔަކު އެދެމުންދާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެެވެ.
އެސްޓީއޯ އިން އާންމުކުރި ބަޔާނެއްގައި ބުނީ، އެސްޓީއޯގެ ނަމުގައި އެކި ފަރާތްތަކުން ފޯނަށް ގުޅައި، އެސްޓީއޯގެ ޕްރޮމޯޝަންގައި ބައިވެރިކޮށްދޭނެކަަމަށް ބުނެ، ވަކި މޯބައިލް ނަމްބަރ ތަކަކަށް ފައިސާ ރީލޯޑް ކުރުމަށް އެދެމުންދާކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބެމުންދާކަމަށެވެ.
މޯބައިލް ފޯނަށް ފައިސާ ރީލޯޑްކޮށްގެން ބައިވެރިވެވޭ ޕްރޯމޯޝަނެއް އެ ކުންފުނިން އެއްވެސް އިރެއްގައި ހިންގާފައި ނުވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
"ވީމާ މިފަދަ ހީލަތްތެރި ކަންކަމަށް އާންމުން ސަމާލުވެވަޑައިގަތުމަށް މި ކުންފުނިން އިލްތިމާސްކުރަމެވެ" އެސްޓީއޯ އެ ބަޔާނުގައިވެއެވެ.
އެސްޓީއޯގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ކޯލުތަކަށް ސަމާލުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ