ޖުމްހޫރީ ޕާޓީ އިން މަޝްވަރާތަކުގައި ބައިވެރިވާނީ ގާސިމް އާއި ރިޔާޒް

ސިޔާސީ ޕާޓީތަކާއި އެކު ސަރުކާރުން ބާއްވަން ތައްޔާރުވަމުން އަންނަ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ފަރާތުން ބައިވެރިވާނީ  އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކަމަށް އެޕާޓީ އިން ބުނެފިއެވެ.
ޖޭޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން އެ ޕާޓީއަށްދިން ދައުވަތު ގަބޫލުކޮށް މަޝްވަރާތަކުގައި ބައިވެރިވުމަށް ގާސިމް އާއި ރިޔާޒްގެ ނަން މިހާރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ބާއްވާ މަޝްވަރާތަކުގައި ޖޭޕީ އާއި ވެރިކަން ކުރާ ޕީޕީއެމް އަދި މިހާރު މާބޮޑު ހަރަކާތެއް ނުބާއްވާ ޑީއާރްޕީ އިން ވެސް ބައިވެރިވާނެ ކަމަށް އެޕާޓީތަކުން ވަނީ ބުނެފައެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ އިން ވަނީ ސިޔާސީ ކުށްވެރިން ދޫކޮށް ނުލަނީސް މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ