ހުޅުމާލޭގެ ބައެއް މަގުތަކުގައި ހުރި ކަރަންޓު ކޭބަލްތައް ބުރިކޮށް ވަގަށް ނަގައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ އުތުރުގެ ބައެއް މަގުތަކުން ނެވެ.
ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުން ބައެއް މަގުތަކުގެ ދިއްލުންތައް ވަނީ ނިވިފަ އެވެ. އެޗްޑީސީން ބުނީ މަގުތައް ދިއްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ ކުރިންވެސް ހުޅުމާލޭގެ މަގުތަކުން ކަރަންޓް ކޭބަލް ބުރިކޮށް ވަގަށް ނަގާފައިވެ އެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މަގުމަތީގައި ހުރި ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ