އަދީބުގެ ވަކީލަކަށް ގާޒީ ނަދީމް އުޅެފައިވާތީ ތަނާޒުލްވާން އެދިއްޖެ

ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާތީ، މައްސަލައިން ތަނާޒުލްވުމަށް ދައުވާ ރައްދުވާ ފަރާތްތަކުން އެދިއްޖެ އެވެ.
މި މައްސަލަ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މައްސަލައިން އިސް ގާޒީ ވަނީ ތަނާޒުލްވެ، ގާޒީ ނަދީމްއާ މައްސަލަ ހަވާލުކުރައްވައިފަ އެވެ.
ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ދައުވާ ކުރަނީ ކުރީގެ ރައީސް ޔާމީން އާއި އ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ