ރައީސް އިބްރާހީމް ފުވައްމުލަކަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފި!


ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މިއަދުގެ ހަވީރުގެ ވަގުތެއްގައި ފުވައްމުލަކަށް ވަޑައިގަތުމުން އެއާޕޯޓު ސަރަހައްދުގައި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖުކޮށްފިއެވެ.
މި އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޕީޕީއެމްގެ ރައީސް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައިފައެވެ. އަދި ރައީސް އިބްރާހީމްގެ އިސްތިއުފާއަށްވެސް މި އިހުތިޖާޖުގައި ގޮވާލައިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އިހުތިޖާޖުގައި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ