އެމެރިކާގެ ވާޖިނިޔާގައި، މުދައްރިސަކާއި ދަރިވަރަކާ ދެމެދު ހިނގި ދެބަސްބުމެއްގެ ތެރެއިން، 6 އަހަރުގެ ދަރިވަރު މުދައްރިސް ގައަށް ބަޑި ޖަހާ ޒަހަމްކޮށްލައިފިއެވެ.
ފަރުވާ ދިނުމުން އިއްޔެ މެންދުރުހިސާބު މުދައްރިސްގެ ހާލަތުވަނީ ކުޑަކުޑަކޮށް ރަނގަޅުވެފައިކަމަށާއި، އަދި ބަޑި ޖެހި ކުއްޖާ ފުލުހުންގެ ބެލުމުދެށަގެންގޮސްފަވާކަމަށް، ނިއުޕޯޓް ނިއުސް ފުލުހުންގް ޗީފް ސްޓީވް ޑްރޫވަނީ މައުލޫމާތު ދެއްވާފައެވެ.
"ހާލަތަކީ މީހަލު މަދަރުސާ ތެރޭގައި އެންމެން ގަޔަށް ބަޑި ޖަހަމުން ދިޔައިކީ ނޫން. އެއްތާކުން އެންމެ މީހެއް ގަޔަށް ބަޑިޖެހީ"، ޑްރޫ ބުނެފައުވެއެވެ. އަދި ހާދިސާއަކީ ގަސްތުގައި ކުރިކަމެއްކަމަށް އޭނާ ބުންޏެވެ.
ދަރިވަރުގެ ބެލެނިވެރިންގެ މައުލޫމާތެއް ފުލުހުންނަށް އެނގޭކަމެއް، ނޫނީ އެމިހުންނާ ގުޅިއްޖެކަމުގެ ތަފްސީލެއް ނުދިންނަމަވެސް، ތަހުގީގުކުރިއަށްދާކަމުގެ ޔަގީންކަން ފުލުހުންގެ ވެރިޔާ ދެއްވިއެވެ. ނަމަވެސް ކުލާސްރޫމް ތެރޭގައި ހިނގި ދެބަސްވުމުގެ ތަފްސީލެއް ހިއްސާނުކުރައްވައެވެ.
ނިއުޕޯޓް ނިއުސްއަކީ 185000 މީހުންގެ އާބާދީއެއް އޮންނަ، ވާޖިނިޔާގެ ދެކުނުއިރުމަތީގައި އޮންނަ ސިޓީއެކެވެ. މި ސިޓީއަކީ އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޮޑު އުޅަނދުތަށް އުފައްދާ ތަނުގެ ގޮތުގައި މަޝްހޫރުތަނެކެވެ. އަދި ޔޫއެސް އަސްކަރިއްޔާގެ ނޭވީ ސީލް އުޅަނދުތައްވެސް އުފައްދަނީ މިތަނުގައެވެ.
ނިއުޕޯޓްގެ ރިޗްނެކް މަދަރުސާގައި 550 ދަރިވަރުން ކިޔަވައެވެ. އަދި ކިޔަވާދޭ ގުރޭޑް ތަކަކީ ކިންޑަގާޑެނުން ގުރޭޑް 5އާ ހަމައަށެވެ. އެ މަދަރުސައިގައި ކިޔަވާ އެންމެ ދޮށީ ދަރިވަރުންނަކީ 10 އަހަރާއި 11 އަހަރުގެ ކުދިންނެވެ.
6 އަހަރުގެ ކުއްޖަކު މަދަރުސާތެރޭގައި ބަޑީޖަހުމަކީ ނާދިރުކަމެއްކަމަށް ބޯސްޓަން ޔުނިވާސިޓީގެ ކްރިމިނޯލޮޖިސްޓެއް ކަމަށްވާ ޖޭމްސް އެލެން ފޮކްސް ބުނެއެވެ.
1970ގެ އަހަރުތަކުން ފައްޓައިގެން ހިނގާފައިވާ، މަދަރުސާތެރޭގައި ބަޑި ޖެހުމުގެ ގިނަ މައްސަލަތަކެއް ދިރާސާކޮށްފައިވާ ފޮކްސް ބުނާގޮތުން، ގިނައިން މިކަހަލަ ހާލަތެއްގައި ޝާމިލްވެފައިވަނީ 7 އަހަރާއި، 8 އަހަރާއި 9 އަހަރުން މަތީގެ ކުދިންނެވެ. ނަމަވެސް 6 އަހަރުގެ ކުއްޖަކު އަދި ޝާމިލްވާ މަދަރުސާތެރޭ ބަޑިޖެހުމުގެ މައްސަލައެއް ކުރިން ފާހަގަވެފައި ނެތްކަމަށް އޭނާ ބުންޏެވެ.
މި ހާދިސާހިނގީ ބޭރުގަ ކުދިން ދޫކޮށްލާފަ، މުދައްރިސެއްގެ ބެލުމުގެދަށުގައި ނެތް ގަޑިއެއްގައެއް ނޫންކަމާއި، ހާދިސާ ހިނގީ ކުލާސްރޫމެއް ތޭރޭގައި ދަރިވަރުނާއި މުދައްރިސް ތިބި ވަގުތެއްގައިކަން އޭނާ ފާހަގަކޮށްފައިވެއެވެ.
އެމެރިކާގައި 6 އަހަރުގެ ސްކޫލް ދަރިވަރެއް މުދައްރިސެއް ގަޔަށް ބަޑިޖަހާ ޒަހަމް ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ