ޓޮމް ނާޒިމަށް: ރައީސް ޔާމީން ދިފާއު ކުރައްވަނީ، ސަޕޯޓަރުންގެ ވޯޓުން ހޯދުމަށް ނަމަ، ހިތާމަހުރި

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވެން ޖެހޭ ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް(ކާނަލް ނާޒިމް) ވިދާޅުވީ، ރައީސް ޔާމީންގެ ސަޕޯޓަރުންގެ ވޯޓު ހޯއްދެވުމުގެ ބޭނުމުގައި ކަަމަށްވާނަމަ، އެއީ "ހިތާމަހުރި" ކަމެއް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު(ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިޤު ކުރައްވައިފައިވާ ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި، ރައީސް ޔާމީން ޖަލުގައި އޮންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެންނެވެ. ޠާރިޤު ވިދާޅުވީ، ރައީސް ޔާމީން ކުރައްވަނީ ރާއްޖެ މިނިވަން ކުރެއްވުމުގެ ޖިހާދު ކަމަށެވެ.
ރޭ އެމްއެންޕީން ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު، ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފައިވާ ސިޔާސީ ލީޑަރަކު ޖަލުގައި އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާ އަކީ ޖަލުގައި ވަރަށް ނިކަމެތިކަމާއެކު އޮންނަން ޖެހުނު މީހެއް ކަމަށެވެ. މި ސަބަބާ ހުރެ، އެއްވެސް މީހަކު ޖަލަށްލާން އޭނާގެ އާއިލާއިން ދުވަހަކު ވެސް ނޭދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ