އެސްޓީއޯއިން އަގު ހެޔޮކޮށް ލުނބޯ ވިއްކަނީ

ބާޒަރުގައި ލުނބޯގެ އަގު އުފުލިފައި ވަނިކޮށް އެސްޓީއޯއިން ލުނބޯ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 80 ރުފިޔާއަށް ހުރިއިރު މިރޯދަމަހު ލުނބޯގެ އަގު އިތުރަށް އުފުލޭނެ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
އެސްޓީއޯއިން ބުނީ ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓުމަށްޓަކާ އިންޑިއާއިން ދެ ޓަނުގެ ލުނބޯ އެތެރެކޮށްފައިވާކަމަށާ ލުނބޯ ކިލޯއެއް ވިއްކާނީ 60 ރުފިޔާއަށް ކަމަށެވެ.
ކޮންމެ ރޯދަމަހަކުވެސް ކާބޯތަކެތީގެ ޑިމާންޑް ބޮޑުވެ، އަގު އުފުލެއެވެ. ނަމަވެސް، މިރޯދަމަހު ކާބޯތެކެތީގެ އަގު އުފުލިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ފިޔާ، ބިސް އަދި އަލުވީގެ އަގުވެސް އުފުލުނަ ނުދީ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހޯލްސޭލްކޮށް މިތަކެތި ވިއްކާ އަގު ވަނީ ދަށްކޮށްފައެވެ.
އެސްޓީއޯއިން ބުނީ ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ