މޫސުން ވަރަށް ގޯސް، ސަމާލުވޭ!

މިއަހަރުގެ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ ސަރަހައްދުތަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކުރިއަށްއޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރުމަހުގެ ނިޔަލަށް ކުރާ ވިއްސާރައެކެވެ. ހުޅަނގު މޫސުމުގެ އަސަރުތައް މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ދައްކައެވެ. އޭގެ ފަހުން މޫސުމުގެ އަސަރުތައް މެދު ރާއްޖެ ތެރެއަށް ފޯރައި މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މެދުރާއްޖެ ތެރެއަށް ފެށިފައިވަނީ މިއަދެވެ.
ހުޅަނގު މޫސުން ފެށުނުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބަލާ މިންގަނޑުތަކަކީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމާއި އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދިގުދެމިގެން ދިއުން ހިމެނެއެވެ.
އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާއި ދެމެދު ހުރެފައި ގަދީއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުމާއި މި ހާލަތުވެސް ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދިގުދެމިގެން ދިއުން ހިމެނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިންވަނީ ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުކަން ދިނުމަށްވެސް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ވިއްސާރައާއި ގުޅިގެން ރައްޔިތުންނަށް ދީފައިވާ އިރުޝާދުގައި އެންޑީއެމްއޭ އިން ވަނީ އާއްމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އެޅުމަށް އިރުޝާދު ދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ