އަައްޑޫގެ 2 ސްކޫލެއްގައި އަލަށް އޯ ލެވެލް

މިއަދު ފެށި މި އަހަރުގެ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު އައްޑޫގެ ދެ ސްކޫލެއްގައި މުޅިން އަލަށް ފަށައިފި އެވެ.
އެ ދެ ސްކޫލަކީ ހިތަދޫ ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލެވެ. މި ދެ ސްކޫލްގެ ފުރަތަމަ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ދެ ސްކޫލްގެ ފަރާތުން މަރުހަބާ ކިޔައި، ކާމިޔާބީ އަށް ވެސް އެދިފައިވެ އެވެ.
މިއަދު ފެށި މި އަހަރުގެ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު 244 ސްކޫލެއްގައި ކުރިއަށް ދާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯ ލެވެލް އިމްތިހާނުގައި 6،698 ދަރިވަރުން އަދި އެސްއެސްސީ އިމްތިހާނުގައި 6،107 ދަރިވަރުން ބައިވެރިވާ ކަމަށެވެ.
އައްޑޫގެ އިތުރު ދެ ސްކޫލަކުން މި އަހަރު އަލަށް އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު ހަދާ އިރު، އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުން އަންނަނީ މިފަދަ އިމްތިހާނުތަކުން ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ