މަރާމާތް ކުރުމަށް އެއް ނަންބަރު ރަސްމީ ފާލަން ބަންދުކޮށްފި

މަރާމާތް ކުރުމަށް މާލޭ ރަސްމީ ފާލަން، "އިއްޒުއްދީން ފާލަން" ސަރަހައްދު ބަންދުކޮށްފި އެވެ. 
މި ފާލަން މަރާމާތު ކުރަނީ އެތަން ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ އެމްޓީސީސީންނެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން 2015 ގައި އަލުން ޑިޒައިންކޮށް ރިޔާ ދޯންޏެއް ސިފަވާނޭހެން ފަރުމާކޮށް ގާއިމްކޮށްފައިވާ މި ފާލަމުގެ މަތީގައި ރިޔާ ނަގާފައިވާ ދަގަނޑު ސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައި ވީރާނާވެފަ އެވެ.
މި ފާލަމުގެ ކުރިމަތީގައި އޮންނަ ޖުމްހޫރީ މައިދާނުގައި ބާއްވާ ގައުމީ ހާއްސަ މުނާސަބުތަތާ ދިމާކޮށް، ފާލަމުގެ ތިރީގައި ހުންނަ ލަކުޑިބައި މަރާމާތުކޮށް، ވަރުނީސްކުރި ނަމަވެސް މަތީގެ ދަގަނޑު ސްޓްރަކްޗާ ހަލާކުވުމުގެ އިތުރުން ފާލަމުގެ ބައެއް ލައިޓްތައް ނެއްޓި، ސަތަރިގަނޑުގެ އެތެރެ އާއި ބޭރު ހުރީ ވަރަށް ބޮޑަށް ބާ ވެފައެވެ. 
ރައީސުލްޖުމްހޫރިއްޔާ އެކި ކަނޑުދަތުރުފުޅުތަކަށް ވަޑައިގަތުމަށާއި، ރާއްޖެއަށް އަންނަ އިއްޒަތްތެރީން އާންމުކޮށް ބޭނުންކުރަމުން އަންނަނީ އެއް ނަންބަރު ފާލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ