ސައުދީގެ 50 ޓަނުގެ ކަދުރު ދިވެހި ސަރުކާރާ ހަވާލުކޮށްފި

ރޯދަ މަހަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.މިކަމަށްޓަކައި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ރާއްޖެ ވަޑައިގެން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.އެ ރަސްމިއްޔާތުގައި، ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަ ކުރެއްވުމަށް ފަހު ސަފީރު ވިދާޅުވީ މިފަހަރުގެ ކަދުރަކީ ވެސް އެ ގައުމުގެ ރަސްގެފާން ސަލްމާން ހަދިޔާ ކުރެއްވި ތަކެތި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.ސައުދީން ރާއްޖެއާމެދު ބަހައްޓާ ގާތްކަމާއި، ކަދުރު ހަދިޔާ ކުރީތީވެ، މިނިސްޓަރު ޒާހިރު ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ