މިދިޔަ މަހު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން, އަމިއްލައަށް ފުލުހަށް ހާޒިރުވި އިބްރާހިމް ފައިހު ނިޒާމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު މަސް ދުވަސް ޖަހައިދީފި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުލުހުން ފައިހް ހޯދަން ފަށައިފައިވާއިރު، އިއްޔެ ވެސް މާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ. އޭނާ ފުލުހަށް ހާޒިރުވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ތަހުގީގާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ކޯޓުން ފައިހް އަށް 30 ދުވަސް ޖަހާފައިވާއިރު، އޭނާ ފޮރުވައިގެން އުޅުނު ކަމަށް ބެލެވޭ ފަސް މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލާފައިވާއިރު، އަނެއް ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފަ އެވެ.
ފިލައިގެން އުޅުނު ފައިހް މަހެއް ވަންދެން ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ