ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ހައްޖުވެރިންގެ ތިން ވަނަ ގުރޫޕު އިއްޔެ ހަވީރު ފުރައިފިއެވެ.
ސަޢުދީ އެއާލައިނުގައި 268 ހައްޖުވެރިން ވަނީ ސަޢުދީ އަރަބިއްޔާއަށް ދިއުމަށް ފުރާފައެވެ.
މައްކާގައި ތިބި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން މައުލޫމާތު ދެއްވައެވެ.
ދިވެހި ހައްޖުވެރިންގެ އެންމެހާ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ފުރިހަމަަށް ހަމަޖައްސަވާފައިވާއިރު، ދިވެހި ހައްޖު މިޝަނުން ދަނީ ހައްޖާއި ގުޅޭ އިންތިޒާމުތައް ވަރަށް ގާތުން ބަލަމުންނެވެ.
މިއަހަރުވެސް ދިވެހި ހައްޖުވެރިން ސައުދީއަށް ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސައުދީގެ އިމިގްރޭޝަން ނިންމުމަށްފަހުގައެވެ.
ދިވެހި ހައްޖުވެރިންގެ ތިންވަނަ ގްރޫޕް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ