އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ނުވަތަ ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު މިއަދު ޖޫރިމަނާ ކޮށްފި އެވެ.
އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީ ލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައަކާ ގުޅިގެން، މި އަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
އެކަމަކު، އޭގެ ފަހުން ވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، އެކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާ އެކު، ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.
ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ބަޔާނުގައި ނެތެވެ.
އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެ އިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގުމަކީ މަނާ ކަމަކަށް ވާއިރު، އޭގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާ މެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.
އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެމްކިއުއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
The most trusted news source in the Maldives
އެމްކިޔުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ކޯސްތަކެއް ސްރީ ލަންކާގައި ގަވާއިދާ ހިލާފަށް ހިންގި ކަން އެނގުމުން އެވިޑް ކޮލެޖަށް ފުރަތަމަ ފިޔަވަޅު އެޅީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކެއް އެވިޑުން ހުއްދަ ނެތި ލަންކާގައި ހިންގީ އެ ގައުމުގެ "އެމަޒޯން ކޮލެޖް" އާއި ކޮން ގައުމެއްގެ ޔުނިވާސިޓީއެއް ކަން ނޭނގޭ "އަލްޒެޓް ޔުނިވާސިޓީ" ނަމަކަށް ކިޔާ ޔުނިވާސިޓީއަކާ ގުޅިގެންނެވެ. އެކަން ފަޅާއެރީ އެ ދެ ތަނުން އެވިޑްގެ ޕްރޮގްރާމް ފުރިހަމަކޮށް ހޯދާފައިވާ ސަނަދުތައް ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭ އަށް ހުށަހެޅުމުންނެވެ.
އެ މައްސަލައިގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާއާ އެކު، އެވިޑް ކޮލެޖަށް ނަސޭހަތްދީ އެކަން އާންމުކޮށް އަންގައި އިއުލާންކުރި އެވެ.
The most trusted news source in the Maldives
ނަމަވެސް، އެވިޑް ކޮލެޖުން އޭރު ބުނެފައި ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ކޯހެއް ނުހިންގާ ކަމަށާއި އެމްކިއުއޭގެ އިއުލާނަކީ އެވިޑު ކޮލެޖުގެ ނަން ކިލަނބުކުރުން ކަމަށެވެ. ރާއްޖެއިން ބޭރުގައި ހިންގަން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމެއް، ކޯސްތައް ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ބޭރުގައި ނުހިންގާ ކަމަށް ވެސް އެ ކޮލެޖުން އޭރު ބުންޏެވެ.
އެވިޑް ކޮލެޖުގައި ރަޖިސްޓަރީ ނުކުރާ ބަޔަކަށް އަނެއްކާވެސް ސެޓްފިކެޓުތަކެއް ދޫކޮށްގެން ޖޫރިމަނާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ