ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފި

"ރާއްޖޭގައި ވޯލްޑް ޓްރެވަލް އެވޯޑްސް ބޭއްވުމަކީ، ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން އޮތް މަގުބޫލުކަމާއި ފަތުރުވެރިކަމުގައި ދަމަހައްޓަމުންދާ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް. އިވެންޓް މޯލްޑިވްސް އާއި ޕްރިންޓް ލެބް އަޅުގަނޑުމެންގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް." ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މި އެވޯޑް ހަފްލާ ބޭއްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ދަމަހައްޓައި، ދުނިޔޭގެ އިސް ސަފުގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ބޭއްވުމަށް އިވެންޓް މޯލްޑިވްސް އާއި ޕްރިންޓް ލެބުން ވެދެއްވާ އެހީތެރިކަމަށް ވީ.އެމް.ސީ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ