އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވީތީ ޖަމުއިއްޔާގެ ޝުކުރު ރައީސަށް

އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރުއަދާކުރައްވައިފި އެވެ.ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އިސްރަށްވެހިންގެ ޖަމިއްޔާއިންވަނީ އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތައް ރައީސާ ހިއްސާކޮށްފައި ކަމަށެވެ. އެގޮތުން އެފަދަ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން، އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައިވެ އެވެ. އަދި އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައި ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ