ރެއާލާއި ބްރެޒިލްގެ ވާހަކަތަކަށް ކްލޮޕްގެ ޝައުގުވެރިކަމެއް ނެތް ރެއާލާއި ބްރެޒިލްގެ ވާހަކަތަކަށް ކްލޮޕްގެ ޝައުގުވެރިކަމެއް ނެތް

ވިއޭނާ، އޮސްޓްރިއާ (އޭޕްރީލް 19) - ރެއާލް މެޑްރިޑާއި ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ އޮފާ އާއި ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕާ ގުޅުވައިގެން މީޑިއާގައި ދެކެވޭ ވާހަކަތަކަށް ކްލޮޕްގެ ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާގެ އޭޖެންޓް، މާކް ކޯސިކޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުން ރެއާލް ކެޓުމާ އެކު، އެ ޓީމުގެ ކޯޗުކަމުންް ކާލޯ އަންޗެލޮޓީ ވަކިވާނެ ކަމުގެ ވާހަކަތައް ވަނީ ގިނަވެފަ އެވެ. އަދި، އެ މަގާމަށް ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ކްލޮޕް ގެންނަން ވާހަކަ ދެކެވޭ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އަދި، ބްރެޒިލް ޓީމަށް ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން ކްލޮޕް ގެންގުޅޭ ކަމަށް ނޫސްތަކުގައި ވާހަކަ ދެކެވުނެވެ.
އެކަަމަކު، މި ހުރިހާ ވާހަކަތައް ދޮގުކޮށް، ކޯސިކޭ ބުނީ، ކްލޮޕް، މި ވަގުތު ހަވާލުވެހުރި، ރެޑްބުލް އިން ހިންގާ ފުޓްބޯޅައިގެ ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމާ މެދު ވަރަށް ހިތްހަމަޖެހެ އެވެ.
"ކްލޮޕްގެ ހުރިހާ ފޯކަސް އެއް މި ވަގުތު ހުރީ އެ ރޯލާ (ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމާ) މެދު. ކޯޗިން އަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ،" ކޯސިކޭ ބުންޏެވެ.
މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލީ އެވެ.
ރެޑްބުލްގެ އިވެންޓެއްގައި ދާދި ފަހުން ވާހަަކަ ދައްކަމުން ކްލޮޕް ވަނީ މި ވަގުތަށް ބަލާއިރު، އެއްވެސް ޓީމެއްގެ ބެންޗުން ދެން އޭނާ ފެންނާނެ ކަމަށް ނުބެލެވޭ ކަމަށް ވަނީ ބުނެފަ އެެވެ. ކްލޮޕް ވަނީ ރެޑްބުލްއާ އެކު އޭނާ ހުރީ ވަރަށް ގަޔާވާ ޕްރޮޖެކްޓެއް ފަށައިގެން ކަމަށް ބުނެފަ އެވެ.
ރެޑްބުލް އިން ބުނެފައިވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުގައި ކްލޮޕްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ކްލޮޕްގެ ޒިންމާތައް އޮންނާނީ، ކުޅުމުގެ ފިލޯސަފީ، ޓްރާންސްފާ ސްޓްރެޓަޖީ އަދި ކޯޗިން ޑިވެލޮޕްމަންޓާ ގުޅިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ