ނޭޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ރަސްމީކޮށް ބޭނުންކުރަން ފަށައިފި 749 ގުރާމް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި ކަރާ ފަޅުން މީމް ޗެލެންޖުގެ މެލޭޝިޔާގެ ދެކޮޅު ޓިކެޓ ނައުޝަމްއަށް މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި ޢިލްމީ ބަގީޗާ: ރ

ރާއްޖޭގެ އޯ ލެވަލް ކިޔަވައިދޭ 260 ސްކޫލުގެ ޖުމްލަ 7،971 ދަރިވަރުންނާއެކު އޯ ލެވެލް އިމްތިހާނު ފަށައިފިއެވެ.
މިއަހަރުގެ ސާނަވީ ނިންމާ އިމްތިޙާނުތައް މިއަދު ފެށުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވައި، ހެޔޮ އެދުންތައް ފާޅުކުރައްވާފައެވެ.
މިނިސްޓަރގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.
މާތް ﷲގެ ޙަޟުރަތުގައި ދުއާ ކުރުމަށާއި، މުދައްރިސުން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ފިލާވަޅުތައް ދަސްކުރުމަށް މިނިސްޓަރގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. އަދި މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިވުމަށާއި ބިސްމީގެ ބަރަކާތުން އިމްތިޙާނު ކަރުދާހަށް ޖަވާބުދޭން ފެށުމަށް ވެސް އިރުޝާދު ދެއްވާފައިވެއެވެ.
މިފަހަރު އޯ ލެވަލް އިމްތިހާނު ޖުމްލަ 7،971 ދަރިވަރުންނާއެކު ފަށާފައިވާއިރު މި ފަހަރު އައިޖީސީއެސްއީ އިމްތިހާނުގައި 7،666 ދަރިވަރުން ބައިވެރިވާނެއެވެ. އަދި އެސްއެސްސީ އިމްތިހާނު ހަދަނީ 7،519 ދަރިވަރުންނެވެ. ރާއްޖޭގެ 260 ސްކޫލެއްގައި އިމްތިހާނު ފަށާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 237 ސްކޫލް އަދި މާލެ ސަރަހައްދުން 23 ސްކޫލެވެ.
މިއަހަރު އެންމެ ފުރަތަމަ އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. މި އިމްތިޙާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ