ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ހުސައިން ސަސްޕެންޑްކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފް ސަސްޕެންޑްކޮށްފި އެވެ.ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ހުސައިން ޝަރީފް ސަސްޕެންޑުކޮށްފައި ވަނީ އެ ކޮމިޝަނަށް އޭނާއާއި ގުޅޭ ގޮތުން ލިބިފައިވާ މައްސަލަތަކެއް ބެލުމަށްކަމަށެވެ. އަދި އޭނާ ސަސްޕެންޑުކޮށްފައި ވަނީ އިއްޔެއިން ފެށިގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.ނަމަވެސް، އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމެއް ވިދާޅުވެފައެނުވެ އެވެ.މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސައިން ޝަރީފު ހަމަޖައްސައިފައި ވަނީ 2018ގެ މެއި މަހުގަ އެވެ.ނާސިހް ވިދާޅުވީ ޕީއެސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.މީގެ ކުރިން ވެސް އަލީ ޒަކީ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވައިފަ އެވެ. އެ މަސްއޫލިއްޔަތުތައް އޭނާ އެންމެ ފަހުން އަދާކުރެއްވީ 2016 އާއި 2018 އާ ދެމެދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ