ކުޑަކުއްޖަކަށް އެ ކުއްޖާގެ އާއިލާގައި ހިމެނޭ ދެ މީހަކު ޖިންސީ ގޯނާކުރި މައްސަލަ ފުލުހަށް ހުށަހެޅުމުން އެ މައްސަލައަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މެދުވެރިކޮށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ފެންމަތިވެއްޖެ އެވެ.
އުމުރުން 17 އަހަރުގެ އެ ކުއްޖާއަށް ލިބުނު އަނިޔާ އާއި ބޭއިންސާފުގެ ވާހަކަ އެކްސް އަށް ތިލަކުރި އެ ކުއްޖާގެ އާއިލާ މީހަކު ބުނީ މައްސަލަ ބަލާ އައިއޯ މައްސަލައިގައި ހިމެނޭ މީހުންނާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
"އަހަރެންގެ ދައްތަ އަކީ އައިއޯގެ ރަހުމަތްތެރިއެއް. ދައްތަގެ ފިރިމީހާއަކީ އައިއޯގެ ގާތް ރަހުމަތްތެރިއެއް. އެ ދެ މީހުން އެކީގައި ކެފޭތަކަށް ވެސް ދޭ. މިހެން މިކަން އޮތުމުން މިއީ އިންސާފުވެރި ތަހުގީގެކޭ ބުނެވޭނެތަ؟،" ތަހުގީގާ ގުޅޭގޮތުން އޭނާ ސުވާލު އުފެއްދި އެވެ.
އެ ކުއްޖާގެ އާއިލާ މީހާ އިތުރަށް ބުނީ ޖެނުއަރީ މަހު އޭނާ ހުށަހެޅި ޖިންސީ ގޯނާގެ މައްސަލައިގައި މިހާތަނަށް އޭނާގެ ބަޔާން ވެސް ނުނަގައި، ބަޔާން ނެގީ ހަމައެކަނި އަނިޔާ ލިބުނު ކުއްޖާގެ އެކަނި ކަމަށެވެ.
އޭގެއިތުރުން މައްސަލައިގައި ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އައިއޯ ފޯރުކޮށްނުދޭތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާކަން މައްސަލަ ހުށަހެޅި އާއިލާ މެންބަރު ފާހަގަކުރި އެވެ.
އޭނާ ބުނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އާއިލާގެ ދެ މީހުން ޒިންމާދާރު ވަޒީފާގައި އުޅެމުންދާއިރު މިހާތަނަށް ވަޒީފާ އަދާކުރާތަނުން އެ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ ޖިންސީ ގޯނާގެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖެނުއަރީ 20، 2025، ގައި ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގެ ތަހުގީގަށް އައިއޯ މެދުވެރިކޮށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ޖިންސީ ގޯނާގެ މައްސަލައެއްގެ ތަހުގީގަށް އައިއޯ މެދުވެރިކޮށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ