އިންޑިއާގެ އެންމެ ބޮޑު ސޯލާ އިލެކްޓްރިކް ބޯޓް މެނުފެކްޗަރުން ކަމަށްވާ ނަވަލްޓް އިން ރާއްޖޭގައި ބޭނުންކުރުމަށް އުފައްދާ ސޯލާ ފެރީ އަންނަ އެޕްރިލް މަހު ރާއްޖެ ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެއީ މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު ސަރުކާރުން އޯޑަރު ކުރި ފެރީއެކެވެ.
ނަވަލްޓްގެ ސީއީއޯ ސަންދިތު ތަންޑަޝެރީއާ ހަވާލާދީ އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައި ވަނީ އެ ފެރީގެ މެއިން ސްޓްރަކްޗާ ނިމި، އިންޓީރިއާ އަދި ކުލަ ކުލުމުގެ މަސައްކަތް މާޗު މަހަށް ނިންމާލެވޭނެ ކަމަށެވެ.
"ބޯޓުގެ މެއިން ސްޓްރަކްޗާ މިހާރު ވަނީ ނިމިފައި. އިންޓީރިއާ މަސައްކަތާއި ކުލަ ލުން މާޗުގެ ނިޔަލަށް ނިމޭނެ. މިއީ އަހަރުމެން މިފަދަ ޕެސެންޖާ ފެރީއެއް އެކްސްޕޯޓްކުރަން ތައްޔާރުވަމުންދާ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
"އެޕޯލޯ" ގެ ނަމުން ނަން ދީފައިވާ އެ ސޯލާ ފެރީއަކީ ރާއްޖޭގެ މާހައުލަށް ހާއްސަކޮށް ބަންނަމުންދާ ފެރީއެކެވެ. މިގޮތުން އެ ފެރީ ބަނދެފައި ވަނީ ކަނޑުގަދައިރު ވެސް ދުއްވަން އެކަށީގެންވާ ގޮތަށެވެ.
އެ ސޯލާ ފެރީގައި 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކާ އެކު 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޮޓޯސް ހަރުކޮށްފައި ހުރެ އެވެ. އަދި 25 ކިލޯވޮޓްގެ ސޯލާ ޕެނަލްއެއް ފެރީގެ މަތީގައި ހަރުކޮށްފައި ހުރެ އެވެ.
ފިނޭންސް މިނިސްޓްރީން އޯޑަރު ދީގެން ބަންނަ އެ ސޯލާ ފެރީއަށް 577,039 ޑޮލަރު ހަރަދުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ބޯޓުގެ ދިގު މިނުގައި 26 މީޓަރު ހުންނައިރު، ފުޅާ މިނުގައި ހުންނަނީ ހަތް މީޓަރެވެ.
މިއީ ރާއްޖޭގައި ބޭނުންކުރާ މިފަދަ ފުރަތަމަ ސޯލާ ފެރީ އެވެ. ސަރުކާރުން އެ ފެރީ ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތެއް މިހާތަނަށް ހާމަ ނުކުރެ އެވެ.
މީގެ ތިން އަހަރު ކުރިން ސަރުކާރުން އޯޑަރު ކުރި ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އެޕްރިލް މަހު ގެންނަނީ މީގެ ތިން އަހަރު ކުރިން ސަރުކާރުން އޯޑަރު ކުރި ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އެޕްރިލް މަހު ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ