ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ)ގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" އަންނަ މަހު ބޭއްވުމަށް އެމްބީބީއޭ އިން ނިންމައިފި އެވެ.
2024 ވަނަ އަހަރު ބޭއްވުނު "ބުރުނު ޝިކާރު" އަލީ ހުސްރުވާން އަހުމަދު (ކުޑަ އައްޔަ) ކާމިޔާބުކުރިއިރު، އެ ފަހަރުގެ މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ އެވެ. އަދި ޖޫނިއާ ޗެމްޕިއަނަކީ ފުވައްމުލައް ސިޓީގެ މުހައްމަދު އަޒާން އަހުމަދު އެވެ.
ބުރު ނަކަތައާއި ދިމާކޮށް އެމްބީބީއޭ އިން ބާއްވަމުން އަންނަ "ބުރުނު ޝިކާރު" އަކީ ބޮޑީބޯޑިން ސީރީސްތަކުގެ އެންމެ ގިނަދުވަސްވީ މުބާރާތެވެ. އަދި މިމުބާރާތާއެކު ގައުމީ ބޮޑީބޯޑިން ލީގު ފަށާއިރު، މިމުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 17 އިން 21 އަށް މާލެ ވަރުނުލާ ރާޅުގަނޑުގަ އެވެ.
Advertisement
މި އަހަރުގެ ބުރުނު ޝިކާރު ހަތަރު ކެޓަގެރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ މެންސް އޯޕަން، ވިމެންސް އޯޕަން، ޖޫނިއާ މެންސް އަދި ޑްރޮޕްނީ ކެޓަގަރީ އެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމްބީބީއޭ އިން ވަނީ ހުޅުވާލާފައެވެ.
ގައުމީ ބޮޑީބޯޑިން ލީގު ޖޫން މަހު ފަށާއިރު، ފުރަތަމަ މުބާރާތަކަށް ބުރުނު ޝިކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ