ށ. މާއުނގޫދޫ ހެލްތު ސެންޓަރަށް އާ އިމާރާތެއް އިތުރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީ އިން ބުނީ 1280 މީހުންގެ އާބާދީއެއް ދިރިއުޅޭ މާއުނގޫދޫގައި ހެލްތު ސެންޓަރު ތަރައްގީ ވެގެން ދިއުމާއެކު އެރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށާއި، މިހާރަށް ވުރެ ފުރިހަމަ ސިއްހީ ހިދުމަތެއް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ހުއްޓިފައިވާ ކަމަށާއި، މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސް މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މި މަސައްކަތްތައް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށްވެސް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އަދި ށ. މިލަންދޫގައި ދެ ބުރީގެ ހޮސްޕިޓަލަކާއި، އިސްލާމީ މަރުކަޒެއްގެ އިތުރުން ރަށުގައި މިހާރު ހަދާފައި ހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށާއި، މަޝްވަރާކުރެއްވުމަށް ދާދި ފަހުން ވަނީ ރައީސް އޮފީހުގައި ކެބިނެޓުގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރްޑީސީ، އެމްޓީސީސީ، އަދި އެމްޑަބްލިއުއެސްސީ އިން އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ވަނީ ރައީސް މުއިއްޒުގެ އަމާޒަކީ ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާ ދެފުއް ފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުން ކަމަށް ބުނެފައެވެ.
މާއުނގޫދޫ ހެލްތު ސެންޓަރަށް އާ އިމާރާތެއް އިތުރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ