ޔުމްނު ވެއްޓުނު ހާދިސާ: ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ ދާއޫދު ވަކި ކުރުމުގެ ބަދަލުގައި ކުރީ ސަސްޕެންޑު ޔުމްނު ވެއްޓުނު ހާދިސާ: ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ ދާއޫދު ވަކި ކުރުމުގެ ބަދަލުގައި ކުރީ ސަސްޕެންޑު

މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގެއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއެކު ބުރާސްފަތި ދުވަހުގެ ރޭ "މަސްތު ޕާޓީއެއް" ބޭއްވި ކަމުގެ ތުހުމަތު ކުރެވޭ ދާއޫދު އަހުމަދު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މިއަދު ސަސްޕެންޑުކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑު ކުރައްވައިފި،" ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ހީނާ ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރައީސްއަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުން ދާއޫދު ވަކި ވެސް ކޮށްފައިވާ ކަމަށެވެ.
ދާއޫދުއަށް ފިޔަވަޅު އަޅާފައި މިވަނީ އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭތާ ހަފުތާއެއް ވާން މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ. ދާއޫދުގެ އިތުރުން ވެސް އެކަމުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޒުވާނުންތަކެއް ރޭ ވަނީ މާލޭގައި ބޮޑު މުޒާހަރާއެއް ވެސް ކޮށްފަ އެވެ.
ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމާއި ރޭޕުގެ ތުހުމަތު ވެސް ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޔުމްނު އާއެކު އެރޭ ޖުމުލަ އަށް މީހަކު "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށް ދިޔަ ކަމަށެވެ. އޭރު ގަޑިން 12:30 ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ، މއ. މާންދޫގޭދެކުނުގެ އެވެ.
އެ ގެއިން ޔުމްނު އާއެކު އަށް މީހުން ނުކުތީ އެރޭ ދަންވަރު 3:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. މިނިސްޓަރު، އަމީންގެ ގޭގައި އެރޭ އުޅުނު މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ